ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 22:12
ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ
ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ
ޓައިމް މަޖައްލާ
ކޮވިޑް-19
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް
ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 401,134
ފާއިތުވެދިޔަ 24 ގަޑިއިރު 22,352 މީހުންނަށް ވައިރަސް ޖެހުނު
ފާއިތުވެދިޔަ 24 ގަޑިއިރު 973 މީހުން މަރުވި

ކޮވިޑް19 ދުނިޔޭގެ 196 ޤައުމަކަށް ފެތުރިފައިވާއިރު، މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު ސަތޭކަ ހާހަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 ގެ ޑޭޓާ ބަލަހައްޓާ ވޯރްލްޑޮ މީޓަރގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއިން މިހާރު ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 401,134 އެވެ. ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާލާއިރު، މުޅި ދުނިޔެއިން 22,352 މީހުންނަށް މި ވައިރަސް އަލަށް ޖެހިފައިވެއެވެ. އަދި ވައިރަސް ޖެހިގެން 17,480 މީހުން ޖުމުލަ މަރުވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު 973 މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވައިރަސްއަށް، 279,898 މީހުން ފަރުވާ ހޯދަމުންދާއިރު، މީގެ ތެރެއިން 12,358 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނުރައްކާ މިންވަރަށް މި ވައިރަސް ފެތުރެމުން ދިޔަނަމަވެސް ފަރުވާދީގެން މިހާތަނަށް 103,756 މީހުން ރަނގަޅުވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ވައިރަސްގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުންދަނީ ވިލާތުގެ ޤައުމުތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް