ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 21:35
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދަފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދަފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމާފައެއް ނުވޭ، ފަތުރަމުންދަނީ ދޮގު ޚަބަރެއް: މަބްރޫކް
ދޮގު ޚަބަރު ފެތުރުމުން ލިބޭ ސަބަބުން އުފެދޭ ހާސްކަން ބިރުވެރި ކަމަކީ ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވި
ތެދު މައުލޫމާތު ހިއްސާކުރުމަށް އެދިލެއްވި

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އަންގާރަ ދުވަހުގެރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދަފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ހާލަތު މިދަނީ ބަލަމުން އަދި އެހާލަތާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު ތައްވެސް ސަރުކަރުން މިދަނީ އިރާދަ ކުރައްވިއްޔާ އަޅަންޖެހޭ އެންމެ ރަނގަޅަކަށް އަޅަމުން .ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމިފައެއް ނެތް

މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެތައް ބަޔަކު ބޭރުގައުމުތަކުގައި ތިބިއިރު ބޯޑަރުތައް ބަންދުކުރީކަމަށް ބުނެ ޚަބަރު ފެތުރުމުން އެކަމުގެ ސަބަބުން އުފެދޭ ހާސްކަމާއި ބިރުވެރި ކަމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. ހަޤީގަތާއި ޚިލާފު ދޮގު ޚަބަރުތައް ފެތުރުމުގެ ބަދަލުގައި ޒިންމާދާރު ކަމާއެކު ތެދު މައުލޫމާތު ހިއްސާކުރުމަށް މަބްރޫކް ވަނީ އެދިލައްވާފައެވެ.

މިފަދަ ޚަބަރުތައް ގެނައުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކާއި ގުޅުއްވައިގެން ސައްހ މައުލޫމާތު ހޯއްދެވުމަށްފަހު ޚަބަރު ފެތުރުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ.

- ކޮމެންޓް