ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 21:27
ފެނަކައިގެ މުއައްޒަފުންތަކެއް
ފެނަކައިގެ މުއައްޒަފުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ފެނަކަ ކޯޕްރޭޝަން
ކޮވިޑް-19: މުއައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނަން: ފެނަކަ
ދެމުންދާ އެލެވަންސްއަކަށް އަދި ބަދަލެއް ގެނައުމަށް ނިންމާފައިނުވޭ
ނޯޕޭއަށް ދާން ބޭނުންވާ މުއައްޒަފުންނަށް އެފުރުސަތު އެބައޮތް
ފެނަކައިގެ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ

ކޮވިޑް-19 އާ ގުޅިގެން ފެނަކައިގެ އެއްވެސް މުއައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފެނަކައިން ބުނީ ކޮވިޑް-19އާ ގުޅިގެން ފެނަކައިގެ އެއްވެސް މުއައްޒަފެއްގެ މުސާރައާ، ދެމުންދާ އެލެވަންސްއަކަށް އަދި ބަދަލެއް ގެނައުމަށް ނިންމާފައި ނުވާކަމަށެވެ.

މުސާރަ ނުހިނގާ ގޮތަށް (ނޯޕޭ ލީވް) 30 ދުވަހުގެ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ ނޯޕޭއަށް ގިނަ މުއައްޒަފުން އެދެމުންދާ ކަމަށާއި، ނޯ ޕޭ ލީވްއަށް އެދެމުންދިޔަ ނަމަވެސް އެގޮތަށް ޗުއްޓީ ހަމަޖައްސައިދެނީ ކުންފުނީގެ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކަމަށެވެ. އަދި ނޯޕޭ ލީވް ހަމަޖައްސައިދެނީ އެޗްއާރު ޑިޕާޓްމަންޓަށް އެކަމަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ކޮވިޑް-19އާ ގުޅިގެން މިގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުންފުނިން ފޯރުކޮށްދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެކަމަށެވެ. އަދި މެދު ކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުންފުނިން ކުރަމުންދާކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ޚާއްސަ ފިޔަވަޅުތައް އެޅި ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނެއެވެ. މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މާބަނޑު މުއައްޒަފުންނަށް އޮފީހަށް ނައިސް ގޭގައި ތިބިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ހަމަޖެއްސިއެވެ.

- ކޮމެންޓް