Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 17:05
ހޮނިހިރު ދުވަހުގެރޭ އެކްސިޑެންޓް ހިނގި ސަރަޙައްދު
ހޮނިހިރު ދުވަހުގެރޭ އެކްސިޑެންޓް ހިނގި ސަރަޙައްދު
ރާއްޖެއެމްވީ
މާލޭގައި ހިނގި އެކްސިޑެންޓް
އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
އޭނާގެ ބޮލުގެ ނާށިގަނޑަށްވެސް ގެއްލުން ލިބިފައިވާކަމަށް އައިޖީއެމްއެޗުން ބުނޭ
މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުގު ބީއެމްއެލް ސަރަހައްދުގައި މިދިއަ ހޮނިހިރު ދުވަހުގެ ރޭ

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ބުދަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ ސާރޖަރީއެއް މިހާރު ހަދާފައިވާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވީ ސާރޖަރީއަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ ސާރޖިކަލް ވޯޑުގައި ކަމަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަންއިން މީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ 26 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ބޮލުގެ ދެ ތަނަކުން ފަޅައިގެންގޮސް ބޮލުގެ ނާށިގަނޑަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ހޮނިހިރު ދުވަހުގެރޭ، ބޮޑުތަކުރުފާނު މަގުގައި ބޭންކް އޮފް ސިލޯން އާއި ބޭންކް އޮފް މޯލްޑިވްސް ހިމެނޭ ސަރަޙައްދުގައި ހިނގި އެ އެކްސިޑެންޓްގައި ދެ ފިރިހެނަކަށް އަނިޔާވެފައިވާއިރު، އެތަނުން އެކަކަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން، މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާނު މަގުން ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް، ބޭންކް އޮފް ސިލޯން ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް