ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 16:59
ފަން އައިލެންޑް
ފަން އައިލެންޑް
ބުކިންގ.ކޮމް
ޕޮލިސް
ކޮވިޑް-19: ސިނގިރެޓެއް ގަންނަން ފަން އައިލެންޑުން އޮޅުވެއްޔަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދިވެއްސެއް

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަންގެ ގޮތުގައި ބޭނުންކުރަމުން އަންނަ ފަން އައިލެންޑްގައި ހުރި ދިވެއްސަކު ފަތާފައި ސިނގިރެޓެއް ގަންނަށް ދަނިކޮށް މޫދުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާއަކީ ފަންއައިލެންޑްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް މޫދުތެރޭގައި އޮއްވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ބެލިބެލުމުން އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރެޓެއް ގަންނަން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 10:37 ހާއިރު ކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަށް ލިބިފައިވާ ގާނޫނީ ބަރުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އަދި ރިސޯޓުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ދިއުމާއި ސަފާރީ އަދި ޔޮޓްތަކުން މީހުން ރަށްރަށަށް ފޭބުން ވަނީ މަނާކޮށްފައެވެ.

އަދި މި އެންގުން ތަންފީޒުކުރުމަށް ވެސް އެންމެހާ އިދާރާތަކުގެ މައްޗަށް ވަނީ އަންގާފައެވެ. މީގެ ކުރިން ވެސް މި އެންގުމާއި ހިލާފު 2 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އަންގާރަ ދުވަހު މާފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހާއަށް ބަންދުގެ މުއްދަތު ދީފައިވަނީ ޖިނާއީ އިޖްރާއަތުގެ ގަވާއިދިގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢައިރު ހާޒިރުގައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް
24 މާރޗް 2020 | އަންގާރަ 21:12
އީސާ
މަރުމަތީގަވެސް ބަލާތި ސިގިރެޓެއް ބޯލެވޭތޯ!