ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 15:30
ކޮވިޑް-19
ކޮވިޑް-19
ސީ.އެން.އެން
ކޮވިޑް-19
ކޮވިޑް-19: ތައިލެންޑްގައި ކުއްލި ހާލަތު އިއުލާނުކުރަނީ
މި ކުއްލި ހާލަތު އިއުލާނު ކުރެވެނީ މަސްދުވަހުގެ މުއްދަތަށް
ކުއްލި ހަލާތު އިއުލާނު ކުރުމާއިއެކު އިތުރު ފިޔަވަޅުތައް އެޅުމަށް ބޮޑު ވަޒީރަށް ޚާއްސަ ބާރުތަކެއް ލިބިގެންދޭ

ކޮވިޑް-19 އައުޓްބްރޭކްއާއި ގުޅިގެން ތައިލެންޑްގައި ބުރާސްފަތި ދުވަހު ކުއްލި ހާލަތު އިއުލާނުކުރުމަށް ނިންމައިފިއެވެ.

އެޤައުމުގެ ބޮޑު ވަޒީރު ޕްރާޔުތް އަންގާރަ ދުވަހު ވިދާޅުވީ މި ކުއްލި ހާލަތު އިއުލާނު ކުރެވެނީ މަސްދުވަހުގެ މުއްދަތައް ކަމަށެވެ.

އެޤައުމުގައި ކުއްލި ހަލާތު އިއުލާނު ކުރުމާއި އެކު ވައިރަހާއި ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ބޮޑު ވަޒީރަށް ޚާއްސަ ބާރުތަކެއް ލިބިގެންދެއެވެ.

އެގޮތުން މަގުމަތީގައި އާއްމުން މަދުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ހަރަކާތްތެރިވާ ޗެކްޕޮއިންޓުތައް ގާއިމުކުރުން ވެސް ހިމެނެއެވެ. އަދި އިތުރަށް އަޅުއްވާނެ ފިޔަވަޅުތަކުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

އަންގާރަ ދުވަހު ތައިލެންޑުން ކޮވިޑް-19 ގެ އިތުރު 106 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ތިން މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ. މިހާތަނަށް އެޤައުމުން 827 ކޭސް ވަނީ ރިޕޯޓުކޮށްފައެވެެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް