ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 15:12
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
ހދ. ކުޅުދުފުށީގައި ފްލޫ ކްލިނިކެއް ހުޅުވައިފި
އެތަން ހުޅުވިފައި ހުންނާނީ ހެންދުނު ނުވައަކުން މެންދުރު ބާރައަށް
އަދި މެންދުރު އެކަކުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން މިފްލޫ ކްލިނިކްގެ ޙިދުމަތް ލިބޭނެ

ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

މިކަމާއި ގުޅިގެން އަންގާރަ ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ފްލޫ ކްލިނިކް ހުންނަނީ ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލް ކައިރީ އަލަށް ހެދި އިމާރާތުގައި ކަމަށެވެ.

އަދި އެތަން ހުޅުވިފައި ހުންނާނީ ހެނދުނު ނުވައަކުން މެންދުރު ބާރައަށް ކަމަށެވެ. އަދި މެންދުރު އެކަކުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން މި ފްލޫ ކްލިނިކްގެ ޙިދުމަތް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި އާއްމު ރޯގާއާއި ކޮވިޑް-19 ގެ އަލާމާތެއް ހުރި ކަމަށް ޝައްކުކުރެވޭނަމަ މި ފްލޫ ކްލިނިކުތަކުން އަވަސް ފަރުވާ ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިފަދަ ފްލޫ ކްލިނިކުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު މިގޮތަށް ގާއިމު ކުރެވިފައި ހުރި ފްލޫ ކްލިނިކްތަކުން ޚިދުތަތް ހޯދި މީހުންގެ އަދަދުތަކަށް ބަލާލާއިރު ސެނެހިޔާގައި ހުންނަ ފްލޫ ކްލިނިކުން 190 މީހުންނަށް ޚިދުމަތް ދީފައިވެއެވެ. އަދި ޓްރެވެލް ކްލިނިކުން 13 ފަރާތެއް ޚިދުމަތް ހޯދާފައިވާއިރު އެކްސްޕެޓް ކްލިނިކަށް 17 ފަރާތެއް ގޮސްފައިވެއެވެ. އަދި ވިލިމާލެ ފެސިލިޓީއަށް 22 ފަރާތެއް ގޮސްފައިވެއެވެ.

- ކޮމެންޓް
24 މާރޗް 2020 | އަންގާރަ 20:58
ސޭކު
ދެންާ ކުޅުދުއްފުއްޓާ އިންޑިއާ ފެރީ އަކުން ގުޅާލީމަ ސަޅިވާނެ