Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 16:37
ހދ. ވައިކަރަދޫގައި އެމްޑީޕީން ބާއްވާ ހަރަކާތްތަކަށް ތައްޔާރު ވަނީ
ހދ. ވައިކަރަދޫގައި އެމްޑީޕީން ބާއްވާ ހަރަކާތްތަކަށް ތައްޔާރު ވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ކެމްޕެއިން
އެމްޑީޕީގެ ކެމްޕެއިން ޓީމް މިހަފްތާގައި ހދ. އަތޮޅަށް!
ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް އެމްޑީޕީން ގެންދަނީ ކެމްޕެއިން ހަރަކާތްތަށް ރަށްރަށުގައި ހިންގަމުން
ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލް އިންތިހާބު މިދިޔަ ޖެނުއަރީގައި ބާއްވަންޖެހޭ

އެމްޑީޕީގެ ކެމްޕެއިން ޓީމް މި ހަފްތާ ބަންދުގައި ހދ. އަތޮޅުގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ނިންމައި ދަތުރަށް ތައްޔާރުވާން ފަށައިފި އެވެ.

 

އިލެކްޝަންސް ކޮމިޝަނުން މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ކެމްޕެއިން ޓީމް ހދ. އަތޮޅަށް ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

 

މިދަތުގައި ފުރަތަމަ ދިއުމަށް ނިންމާފައި ވަނީ ހދ. ހަނިމާދޫ އަށެވެ. ހަނިމާދޫން އެ އަތޮޅު ފިނޭއަށް ގޮސް ދޮރުންދޮރަށް ހިނގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު، ނޮޅިވަރަންފަރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ބުރާސްފަތި ދުވަހުގެ މެންދުރު އެމްޑީޕީގެ ކެޕްޕެއިން ޓީމް ނޮޅިވަރަންފަރަށް ގޮސް އެރަށުގައި ވެސް ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހަވީރު ވައިކަރަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ވައިކަރަދޫ ކައިރި ސަރަހައްދުތަކުގެ އެހިނިހެން ރަށްރަށުގެ އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާ އެކު މަޝްވަރާ ބައްދަކުވުން ބޭއްވުމަށް ފަހު، އެރޭ ވައިކަރަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

 

ހުކުރު ދުވަހު ހެންދުނު ވައިކަރަދޫގައި ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހުކުރުކުރުން އޮންނާނީ ނޭކުރެންދޫގަ އެވެ.

 

މެންދުރު ފަހު ނޭކުރެންދޫގައި ދޮރުންދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ނޭކުރެންދޫ ކެމްޕެއިން ޓީމާއެކު ބައްދަލުވުމެއް ބޭއްވުމަށް ފަހު ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ.

 

ކުޅުދުއްފުށި ކެމްޕެއިން ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްފަހު ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައި ވެއެވެ.

 

އެމްޑީޕީގެ ކެމްޕެއިންޓީމު އެނބުރި މާލެއައުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

 

ހދ. އަތޮޅަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ޖޯޝާއެކު ކެމްޕެއިނަށްޓަކައިވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް