ކ. މާލެ
|
23 މާރޗް 2020 | ހޯމަ 22:54
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓްވިޓަރ
ގްލޯބަލް ޓޫރިޒަމް ޓްރައިސިސް ކޮމިޓީ
ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާފައި

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް އަރާފައިވާ ލޮޅުން ދިރާސާކޮށް އެކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށް ޔުނައިޓެޑް ނޭޝަން ވޯލްޑް ޓުއަރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން ކުރާ މަސައްކަތުގެ ދަށުން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީއަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އައްޔަންކުރައްވައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 19 ވަނަ ދުވަހު ޔޫއެންޑަބްލިއުޓީއޯ އިން އިންތިޒާމުކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ"ގައި އެކުލަވައިލުމަށް ނިންމި "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" އަށް ޔޫއެންޑަބްލިއުއޯޓީގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރއަކަށް މިނިސްޓަރު ޢަލީ ވަޙީދު، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން އައްޔަނުކޮށްފައިވާ ކަމަށެވެ. މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ކޮމިޓީއެކެވެ.

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަފައިވާއިރު، މިނިސްޓަރު އަލީ ވަހީދު އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ، އެ ޖަމިއްޔާގެ ދެކުނު އޭޝިއާގެ ރީޖަނަލް ކޮމިޝަނުގެ ޗެއަރގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ.

މި ބައްދަލުވުމުގައި ވަނީ ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވާން ކުރު އަދި ދިގު ރާސްތާގެ "ރެސްކިއު ޕްލޭނެއް" އެކުލަވާލަން މަޝްވަރާކޮށްފައެވެ.

މީގެކުރިން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިސްކަން ދޭނީ ޓޫރިޒަމް އެނދުތައް ފުރާލުމަށް ވުރެ ބޮޑަށް ބަލިން އަރައިގަތުމަށް ކަމަށެވެ.

- ކޮމެންޓް