ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 19:47
ޑރ. ނަޒްލާ
ޑރ. ނަޒްލާ
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ގޮވަނީ ލޮކްޑައުން އަކަށް، ފެންނަނީ މަގުމަތިން: ޑރ. ނަޒްލާ
ގޭގައި ތިބުމަށް އެންމެންނަށް ވަނީ އިލްތިމާސްކޮށްފައި
ސްކޫލުތަކާއި، ކޮލެޖްތައް ވަނީ ބަންދުކޮށްފައި
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހަކު ވަނީ ރަނގަޅު

މާލެ ''ލޮކްޑައުން'' ކުރަން ގޮވާލަމުން ދިޔަ މީހުންގެ ބަހާއި ޢަމަލާއި ދިމާނުވާ ކަމަށާއި، ގޭގައި މަޑުކުރަން އެންގުމުން ފެންނަނީ މަގުމަތީގައި އުޅޭތަން ކަމަށް ވިދާޅުވެ، ޑރ. ނަޒްލާ ރަފީޤް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެނުމާއެކު ޢާންމުންގެ ގިނަ ބަޔަކު ދަނީ މާލެ ''ލޮކް ޑައުން'' ކުުރުމަށް ނުވަތަ އަރާފޭބުން މަނާކުރުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އާދިއްތަ ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސް ގައި ޑރ. ނަޒްލާ ވިދާޅުވީ، ގޭގައި މަޑުކުރަން އިލްތިމާސް ކުރަމުންދާއިރު އަދިވެސް މަގުމަތިން މީހުން ފެންނަމުންދާ ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެބަ، މިއަދުވެސް ރޭގައިވެސް މާލެގައި މަގުމަތިން ވަރަށް ދުއްވާ އެއްޗެހި ގިނަ ވަރަށް ކާރުބާރުވެސް ބޮޑު... ވަރަށް ގިނަ ބޭފުޅުން ލޮކްޑައުން ނުގެސްގޮން ހަމަ ވަރަށް ބައިވަރު ވާހަކަ ދައްކަވާނެ. ވަރަށް އަޑު އުފުއްލާނެ އެކަމަކު ހުރިހާ ބޭފުޅުންވެސް މަގުމަތީގައި އުޅުއްވަނީ. ވިދާޅުވާ އެއްޗަކާއި އަމަލަކާއި ދިމައެއް ނުވޭ
ޑރ. ނަޒްލާ ރަފީގް

ޑރ. ނަޒްލާ ވިދާޅުވީ، މީހުން މަގުމަތީގައި ގިނަވެގެން އުޅެނީ، ކޮވިޑް-19 ޖެހުނު ތިން މީހަކު ރަނގަޅުވެ، ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ގިނަ ދުވަސްވުމުން ކަމަށެވެ. ނަމަވެސް ރާއްޖެ އަދި މިއޮތް ހާލަތުން އަދި ކޮންމެ އިރަކުންވެސް ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކު ފެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ވިދާޅުވި އެވެ. ބަލީގެ ނުރައްކާތެރި ކަމަށް ބަލައި، ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު އަދި ހަމަޖެހިލައިގެން މަޑުމަޑުން ތިބެވޭ ކަމަށް ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނުމުގެ ކުރިންވެސް ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު އޮންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވަނީ، ހުރިހާ ފަރާތްތަކުން ވެސް ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.

- ކޮމެންޓް
22 މާރޗް 2020 | އާދީއްތަ 19:54
ހެހެ
އެބުނާހެން އަދި އޮތީ ކުރިޔަށް އެހެންވެ މީހުންގެ ރިއެކްޝަން ޓެސްޓްކޮށްލަން ބަހެއް ވައްޓާލީ