ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 12:47
ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައި
ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައި
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވޭ
ފުލުހުން ދަނީ މައްސަލަ ބަލަމުން

ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހުގެ ފަތިހު 03:54 ހާއިރު ފުލުހުންގެ ލޯންޗް ނަންބަރު 34 ގައި ރޯކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފް އަށް އެ މައުލޫމާތު ހިއްސާކޮށް އަދި ފުލުހުންގެ ލޯންޗު ކައިރިއަށް ދިޔައިރު ލޯންޗުގެ ވާ ކަނޑާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެ އިދާރާއިން ބުނީ، ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި، ލޯންޗުގައި ރޯވި އަލިފާން ނިންވާލެވުނީ ފަތިހު ފަހެއް ޖެހިހާއިރު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަަށް އަނިިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުޤީޤުކުރަމުންނެވެ.

- ކޮމެންޓް