ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 14:52
އަމީނާ އަދި ފަޒީން
އަމީނާ އަދި ފަޒީން
ރާއްޖެއެމްވީ
ބްރޯޑްކޮމް
ބްރޯޑްކޮމް ހުސްވެފައިވާ މަގާމުގެ ލިސްޓުގެ ކުރީގައި އަމީނާ އާއި ފަޒީން!
ލިސްޓުގެ ކުރީގައި ހިމެނެނީ އަނާ އަދި ފަޒީން
ތަޅުމަށް ފޮނުވުމަށް ނިންމާފައިވަނީ 7 ނަމެއް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަޤާމަށް ޢާއްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ފަހު ތަޅުމަށްފޮނުވާ ލިސްޓުގެ ކުރީގައި ވީޓީވެ ނޫސްވެރިޔާ އަމިނަތު އަމީނާ އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ހިމެނިއްޖެއެވެ.

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 1 (އެކެއް) މެންބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަރވިއު ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 201 ވަނަ މާއްދާގެ(ޅ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުއްވާނެ ނަންފުޅު ކަނޑައެޅުއްވުމަށްޓަކައި ކޮންމެ ނަންފުޅަކަށް ވަކިވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން ތިރީގައިވާ ނަންފުޅުތަކަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ދިނުމަށް ފެންނަކަމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދިން މެންބަރުންގެ 2/3 (ތިންބައިކުޅަ ދެބައި) އަޣުލަބިއްޔަތުން ފާސްވެފައިވާ ފަރާތްތަކެވެ.

ލިސްޓުގެ އެންމެ ކުރީގައި އޮތީ ވީޓީވީގެ ނޫސްވެރިޔަ އައިމިނަތު އަނާ އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންއެވެ.

ކޮމިޓީން ފާސްކުރި ހަތް މީހުން :

  1. އަލްފާޟިލާ އާމިނަތު އަމީނާ
  2. އަލްފާޟިލް މުޙައްމަދު ފަޒީން
  3. އަލްއުސްތާޛު ޒުބައިރު އަޙްމަދު މަނިކު
  4. އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
  5. އަލްފާޟިލް އިސްމާޢީލް ސާޖިދު
  6. އަލްފާޟިލް އަޙްމަދު ޚަލީލް |
  7. އަލްފާޟިލް އަޙްމަދު ފައިރޫޒް

ކޮމިޓީން ފޮނުވާ ނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ އެލިސްޓުގެ ތަރުތީބުންނެވެ. އޭގެތެރެއިން ފުރަތަމަ ނަމަށް ވޯޓަށް އަހާ އެ ނަން ތަޅުމުން ފާސްވެއްޖެނަމަ ދެން ހުރި ނަންތަކަކަށް ވޯޓަކަށް ނާހާނެއެވެ.

މި މަޤާމަކީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކުރުމުން ހުސްވެފައިވާ މަޤާމެކެވެ. އެގޮތުން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް ޢާންމުކޮށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ފެނިވަޑައިގެންނެވި 15 ނަމެއް ދިރާސާ ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

- ކޮމެންޓް
24 މާރޗް 2020 | އަންގާރަ 11:57
ސަކުވ5
މީހާގެ އަތުގައި އޮންނަ ކޮލިފިކޭޝަން އާ އޭނާއަށް ލިބިފަ ހުރި ތަޖުރިބާ އާއި އޭނާގެ ހިންގުންތެރި ކަމަކީ ވަރަށް ތަފާތު ތިން ކަމެވެ. މިއަދު ދިވެހި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. ކޮންމެ މީހަކު އަތުގަ މާސްޓާރސް ސެޓްފިކެޓެއް ޖެހޭ އިރަށް އެމީހާމިވަނީ އެ ދާއިރާގައި ހުރި އެންމެ ޤާބިލް މީހާއަށެވެ. އާއްމު ގޮތެއްގައި މާސްޓާރސް އެބަނެގޭ އެމީހާގެ އުމުރުން 25 އަހަރުގައިވެސް.. ދެން ނިކަން ބައްލަވާށެވެ. މިފަދަ ސެޓްފިކެޓްތައް ހިފައިގެން ތިބި މީހުންގެ ސަބަބުން ގައުމު މިވަނީ ބޮޑު އަދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައެވެ.. ތަޖުރިބާއެއް ނެތި މިފަދަ މީސްމީހުން ތިބި ތަންތަނުން ނިންމާ ނިމުންތައް އަލުން މިވަނީ މުރާޖައާ ކުރަން ޖެހިފައެވެ. އަދި ތިމަންނާއަކީ އެންމެ ހަގު މިނިސްޓަރޭ، އެންމެ ހަގު މެމްބަރޭ ބުނެ މޭގައި އަތްޖަހާ ލާއިރު އެމީހާގެ މަސައްކަތް ދިވެހިންނަށް ފެންނަން އޮތީ ކޮން ގޮތަކަށްތޯއެވެ..؟ ވިސްނާ ހޭ އަރާށެވެ.. ކިތަންމެ ލާއިއެއް ހުއްޓަސް، އިޚްލާސްތެރިކަމެއް، ތަޖުރިބާއެއް ނުގަނެވޭނެއެވެ... މާސްޓާރސް ނެތަސް ތެދުވެރި އިޚްލާސްތެރި މީހެއްގެ މަސައްކަތް މާ މޮޅުވާނެއެވެ.. މަޖިލީހުން ވޯޓު ދޭއިރު މިކަމަށް ވިސްނާނެ ކަމަށް ހީކުރަމެވެ.
22 މާރޗް 2020 | އާދީއްތަ 16:17
ހަމަހަމަ
އަމީންއަށް ކާމިޔާބީއަށް އެދެން. މިމަގާމަށް އެންމެ ގާބިލް މީހަކީ އަނާ