ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 02:08
ފަން އައިލެންޑް-ކަރަންޓީނު ފެސިލިޓީ ގާއިމުކޮށްފައިވާ އެއް ރަށް
ފަން އައިލެންޑް-ކަރަންޓީނު ފެސިލިޓީ ގާއިމުކޮށްފައިވާ އެއް ރަށް
ބުކިންގ.ކޮމް
ކޮވިޑް-19
ކަރަންޓީން ފެސިލިޓީސްތަކުގައި ތިބި މީހުންނަށް ފޮނުވާ ތަކެތި ބަލައިގަންނަ ގަޑިތައް ހާމަކޮށްފި
މިވަގުތު ކަރަންޓީނުގައި ތިބީ 302 މީހުން

ކަރަންޓީނު ފެސިލިޓީސް ތަކުގައި ތިބި ދިވެހިންނަށް ފޮނުވާ ތަކެތި ޙަވާލުކުރާނެ ޚާއްޞަ ގަޑިތައް ހާމަކޮށްފި އެވެ.

މީގެ އިތުރުން ކަރަންޓީން ފެސިލިޓީސްގައި ފޯނަށް ޖަވާބުދޭނެ ގަޑިތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމަށްޓަކައި ދަރުބާރުގެއިން ޕާރުސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް:

ހެނދުނު 9:00 އިން 11:00

ހަވީރު 04:00 އިން 06:00

ހުކުރުދުވަހު ހަވީރު 04:00 އިން 06:00 އަށް

ކަރަންޓީނު ފެސިލިޓީތަކުން ފޯނަށް ޖަވާބު ދޭ ގަޑިތަކަކީ:

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް:

ހެނދުނު 09:00 އިން ރޭގަނޑު 11:00 އަށް

ހުކުރުދުވަހު މެންދުރު 02:30 އިން ރޭގަނޑު 11:00 އަށް

ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.

އެންމެފަހުން އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު މިވަގުތު ކަރަންޓީނުގައި ތިބީ 302 މީހުންނެވެ.

- ކޮމެންޓް