ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 00:35
މަބްރޫކް އަޒީޒު
މަބްރޫކް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ތިން ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ 13 މީހުން
މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ވެލިގަނޑު ރިސޯޓާއި ކުލަބް މެޑް ކަނި ފިނޮޅުގެ އިތުރުން ސިނަމަން ހަކުރާ ހުރާ

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއެކު ތިން ރިސޯޓެއް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.

ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނުމުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ވެލިގަނޑު ރިސޯޓާއި ކުލަބް މެޑް ކަނި ފިނޮޅުގެ އިތުރުން ސިނަމަން ހަކުރާ ހުރާ އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މީގެ ތެރެއިން އެއް ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ސްޓާފެއްގެ ފަރާތުން، ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ކަމަށެވެ. އަދި އަނެއް ދެ ރިސޯޓުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ އެރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ފަރާތުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ތިން ރިސޯޓުގެ އިތުރުން ލަންކާއިން ރާއްޖެ އައި ކާގޯ ބޯޓެއްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ވައިރަހުގެ އަލާމާތްތައް ފެންނާތީ އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ވެސް ވަނީ ފަށައިފަ އެވެ. އަދި ނަތީޖާ ލިބެންދެން އެ ބޯޓުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވި ތިން މީހުންނަކީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި މީހެކެވެ.

- ކޮމެންޓް