ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 22:07
ކޮވިޑް-19 އަށް ރައްކާތެރިވުމަށް ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ކޮވިޑް-19 އަށް ރައްކާތެރިވުމަށް ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
މަނާކޮށްފައިވަނިކޮށް، ހއ. އަތޮޅުގެ ރިސޯޓަކަށް އެރި، އެރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް

ރާއްޖޭގެ ރިސޯޓުތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރާފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގެ ރިސޯޓަކަށް އެރި، އެރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާއި ޚިލާފަށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި، އެރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ އެ ރިސޯޓަށް އަރާފައިވަނީ ހުކުރު ދުވަހެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 19:49 އެއް ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން، ފުލުހުން ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ރިސޯޓުން އެހެން ރަށްތަކަށް ދިޔަ މީހުންތަކެއް ހައްޔަރުކޮށްފައެވެ. ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މަނާކުރީ މި މަހުގެ 21 ގައެވެ. އެޗްޕީއޭ އިން ބުނީ ފަތުރުވެރިން ފުރަން އެއަރޕޯޓަށް ގެންދަންޖެހޭ ހާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިޒޯޓަށް އަންނަގޮތަށް، މުވައްޒަފުން ރިޒޯޓުން ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. އަދި އެ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިޒޯޓުތަކުން ބެލެހެޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 22:14
ބޯ ހަލާކު
މަނާކޮއްފައި އޮއްވާ ގާސިމް ކަހަލަ މަހުޖަނުން އޭނަގެ ރިސޯޓްތަކައް އަރާ ފޭބިއަސް އޯކޭ! ވަރަށް ހެއްވާ ދެން