ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 12:13
ޗައިނާ ސަފީރު ޒަންގް ލީ ޒޮންގް
ޗައިނާ ސަފީރު ޒަންގް ލީ ޒޮންގް
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19 ހުއްޓުވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ޗައިނާ ސަފީރުގެ ތައުރީފު
ޗައިނާއިން އެހީތެރިވަމުންދާނެ ކަމަށް ވިދާޅުވި
ޗައިނާއިން ވަނީ ވަަރަށް ބޮޑަށް ވައިރަސް ކޮންޓްރޯލްވެފައި
ޗައިނާގެ މަސައްކަަތަށް ޑަބްލިޔުއެޗްއޯއިން ވަނީ ތައުރީފް ކޮށްފައި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ހިތްހަމަޖެހުން ފާޅުކުރައްވާ ޗައިނާއިން ސަފީރު ޒަންގް ލީ ޒޮންގް ރާއްޖެއަށް ތައުރީފު ކުރައްވައިފިއެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ސަފީރު ޒަންްގް ވިދާޅުވީ، އުނދަގޫ ނަމަވެސް ރާއްޖެއިން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ކުރިޔަތް އޮތް ތާނގައި ޗައިނާގެ އެއްބާރުލުން ލިބޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައެވެ. ބަލިން ސަލާމަތްވުމަށް ޗައިނާއިން ވަނީ ގިނަ މަސައަކަތްތަކެއް ކޮށްފައެވެ.

ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގޮތް ނޭނގޭ މި ވައިރަސް އިން ސަލާމަތްވުމަށް ޗައިނާއިން ވަނީ މިހާތަނަށް ޤައުމަކުން ނާޅާހާ ވަރުގަދަ، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޗައިނާގައި މި ވައިރަސް އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ޓެމްޕަރޭޗަރ ބެލުމާއި، މާސްކް އެޅުމާއި، އަތް ދޮވުމަކީ މިހާރު މުޅި ދުނިޔޭގައިވެސް މި ވައިރަސް އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ.

އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ހޫބޭ ޕްރޮވިންސްުން މިހާރު އެއްގޮތަކަށްވެސް ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ރިޕޯޓް ނުކުރާތާ ދެ ތިން ދުވަސްވެއްޖެއެވެ.

- ކޮމެންޓް