ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 08:04
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ރިޒްނާ ޒަރީރު
ކޮވިޑް-19
ކޮވިޑް-19: މޯލްޑިވިއަނުން އިންޑިއާ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި
ދަތުރުތައް ހުއްޓާލަނީ އާދިއްތަ ދުވަހުން ފެށިގެން
ގިނަ ގައުމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި
މޯލްޑިވިއަންގެ އޮފީސްތައް ވަނީ ބަންދުކޮށްފައި

ހަލުވިކަމާއި އެކު ދުނިޔޭގެ ފެތުރެމުންދާ ކޮވިޑް-19 އާ ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވަނުން އިންޑިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

ހުކުރު ދުވަހު މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން އިންޑިޔާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ މާރޗް މަހުގެ 22 ވާ އާދިއްތަ ކަމަށް އެ ގައުމުގެ ސިވިލްއޭވިއޭޝަނުން ނިންމާފައިވާތީ 21 މާރޗުން އިންޑިޔާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ، އާދިއްތަ ދުވަހު އެ އެއާލައިނުން އިންޑިއާ އަށް ކުރަން ހަމަޖެހިފައިވާ އެންމެ ފަހު ފްލައިޓްގެ ތަފްސީލް ހާމަކޮށްފައެވެ.

މޯލްޑިވިއަނުން އިންޑިއާ އަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމާފައިވާއިރު، އެ އެއާލައިނުން ވަނީ ބައިނަލްއަގްވާމީ ދަތުރުތަކަށް މޯލްޑިވިއަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެނެސްފައިވާ އިރު، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ވަކި ދުވަހެއް އަންގަންދެން ޓިކެޓް އޮފީސް ބަންދުވާނެ ކަމަށް މޯލްޑިވިއަނުން ވަނީ އަންގާފައެވެ.

އަދި ކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން އަދި ވަކި ގަޑިތަކުގައި ކޯލް ސެންޓަރު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ. އެގޮތުން ކޯލް ސެންޓަރު އަދި ވައިބަރގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ ގަޑިތަކަކީ އާދިއްތައިން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ބަންދު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

- ކޮމެންޓް