Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 19:29
ފިނޭންސް މިނިސްޓަރު އަމީރު އަދި ބީއެމްއެލްގޭ ސީއީއޯ ޓިމް ސޯޔަރ
ފިނޭންސް މިނިސްޓަރު އަމީރު އަދި ބީއެމްއެލްގޭ ސީއީއޯ ޓިމް ސޯޔަރ
ބީއެމްއެލް
ލޯނު އަނބުރާ ދެއްކުން ފަސްކުރުން
ބީއެމްއެލްއިން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް ދެނީ!
ލޯނު އަނބުރާ ދެއްކުމުގައި ލުއި ލިބެނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައި ވާނަމަ
ލުއި ބޭނުންވާ ފަރާތްތަކުން ޖެހެނީ ބީއެމްއެލްގައި އެދެން
އެހެނިހެން މާލީ އިދާރާތަކާއެކު މަޝްވަރާތައް ދަނީ ކުރިއަށް: މިނިސްޓަރ އަމީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހަށް އިންޓްރެސްޓް ޕޭމަންޓާއި ޕްރިންސިޕަލް ޕޭމަންޓް ދިނުމުގައި ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަމިއްލަ ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.

Advertisement

އެގޮތުން މި ބަލީގެ ސަބަބުން ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް އަސަރުކޮށްފައިވާ ފަރާތްތަކަށް، ލޯނު އަނބުރާ ދެއްކުމުގައި ލުއިތަކެއް ހޯދުމަށް އެދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މި ލުއި ބޭނުންވާ ފަރާތްތަކުން ޖެހެނީ ބޭންކުގައި އެދެންށެވެ.

މިކަން އިއުލާންކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިކަމުގެ ތަފްސީލުތައް ބީއެމްއެލްއިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާކުރައްވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓްރެސްޓް ޕޭމަންޓް ހަ މަސް ދުވަހުގެ ލަސްކޮށް ދިނުމަށް މިހާރު ވަނީ ވާހަކަ ދެކެވި ނިންމާފައި
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިހާތަނަށް ބީއެމްއެލްއާއެކު އެކަނި އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، އެހެނިހެން މާލީ އިދާރާތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

ބީއެމްއެލްގެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތަކެއް ދޭން ނިންމުމުގެ އިތުރުން، ސަރުކާރުން ވަނީ، އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން ވިޔަފާރިތަކަށް ހާއްސަކޮށްގެން، 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް އިއުލާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް