Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 18:28
އެމްބަރޖެކް މާލޭގައި ބަނދަރު ކޮށްފައި
އެމްބަރޖެކް މާލޭގައި ބަނދަރު ކޮށްފައި
ރާއްޖެއެމްވީ
މާލެ-ތިލަފުށި ބްރިޖް
މާލެ އާއި ތިލަފުށި ގުޅާލަދޭ ބްރިޖްގެ ސާވޭ ބޯޓު މާލޭގައި ބަނދަރު ކޮށްފި
ސާވޭ ބޯޓު މާލެ އަށް އުފުލީ އެމްވީ ޑިވެލޮޕްމަންޓް ވޭ ގައި
އެމްބަރޖެކް އިން ކަނޑުއަޑީގެ ތަފާތު ސާވޭތައް ކުރާނެ
ސާވޭ އަށް ހައެއްކަ މަސް ހޭދަވާނެ ކަމަށް ބެލޭ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޕްލޭން ކުރައްވާފައިވާ މާލެ އާއި ތިލަފުށި ސަރަހައްދު ގުޅާލަދޭ ބްރިޖްގެ އެޅުމަށް ހަދަންޖެހޭ ސާވޭތައް ހަދާ ބޯޓު މާލޭގައި ބަނދަރުކޮށްފިއެވެ.

އެމްބަރޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓު މާލެއާ ހަމައަށް އުފުލި އުޅަނދަކީ އެމް.ވީ ޑިވެލޮޕްމަންޓް ވޭ އެވެ.

އެމް.ވީ ޑިވެލޮޕްމަންޓް ވޭ އަކީ މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖްގެ މަސައްކަތްތަކުގައި ބޭނުން ކުރި ކްރޭން ބާޖާއި ޓަގް ބޯޓުތައް އަނބުރާ ގެންދިއުމަށް ބޭނުން ކުރި އުނޅަދެވެ.

މާލެ އާއި ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށި ސަރަހައްދު ގުޅާލުމަށް ޕްލޭން ކުރެވިފައިވާ ބްރިޖްގެ ތަނބުތައް ފެތުރޭ ކަނޑުގެ ސަރަހައްދު އެމްބަރޖެކް އިން ސާވޭ ކުރާނެއެވެ.

އެމްބަރޖެކްގައި މަސައްކަތް ކުރާ މީހުންގެ އެކޮމޮޑޭޝަން އާއި، ހެލިޕެޑަކާއި ކްރޭން ފަދަ މުހިންމު ވަސީލަތްތައް ގާއިމް ކުރެވިފައިވާ އުޅަނދެކެވެ.

އެމްބަރޖެކް ގައި ކަނޑުއަޑި ތޮރުފައިގެން ކުރަންޖެހޭ ދިރާސާތައް ކުރުމަށާއި، އެނޫންވެސް ކަނޑު އަޑީގެ ބިންގަނޑާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ ގާބިލްކަން ހުންނާނެއެވެ.

Advertisement

އެމްބަރޖެކް އަންލޯޑް ކުރުމަށް ހަމަ ޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު އަންލޯޑް ކޮށް ނިމުމާއެކު ސާވޭގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް ވަނީ ރޭވިފައެވެ.

މާލެ އާއި ތިލަފުށި ހިމެނޭ ސަރަހައްދު ގުޅާލުމަށް އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

ސާވޭގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެއެވެ.

ސާވޭގެ މަސައްކަތްތައް ހަވާލު ކުރެވިފައިވަނީ ނެދަރލޭންޑްސްގެ ކުންފުންޏަކާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
19 މާރޗް 2020 | ބުރާސްފަތި 22:27
އަބުޅޯ
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޕްލޭން ކުރައްވާފައިވާ" މިއީ ދޮގެއް. މި ބުރިޖު ޕްލޭން ކުރީ ރައީސް ޔާމީންގެ ސަރުކާރުގައި.