Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 16:37
މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
ކަމެއް ފޮރުވަން އަންގާ ދުވަހު ޕްރެސްކޮންފެރެންސް ދޭން ނުހުންނާނަން: މަބްރޫކް
މީޑިއާތަކުންވެސް ޒިންމާދާރުކަމާއި އެކު ހަބަރު ފެތުރުމަށް މަބްރޫކް އިލްތިމާސް ކުރެއްވި
ބައެއް ފަރާތްތަކުން ދަނީ ސައްހަ ނޫން މައުލޫމާތުތައް ދައުރުކުރަވުމުން
މީޑިއާތަކުންވެސް ޒިންމާދާރުކަމާއި އެކު ހަބަރު ފެތުރުމަށް މަބްރޫކް އިލްތިމާސް ކުރެއްވި

ކޮވިޑް-19 އާ ގުޅިގެން ކަމެއް ފޮރުވުމަށް އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނުހުންނާނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގަައި ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް ވިދާޅުވީ، ކަމެއް ފޮރުވުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ، ރައީސްގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މި ބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. ޕްރެސްކޮންފެރެންސް ދުވާލު ދެއިރު ބާއްވަނީ ގަޑިން ގަޑިއަށް މައުލޫމާތު ދިނުމަށްޓަކައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެން ކުރުކޮށް ބުނަަންޏާ ތިބޭފުޅުންނަށް ކަމެއް ފޮރުވަން އަޅުގަނޑަށް އަންގާފިއްޔާ އަޅުގަނޑު ނިންނާނަން މިތާކު
މަބްރޫކް އަޒީޒް - ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ

ތަނެއްގައި ތޯތޯކޮށް ވާހަކައެއް ދައްކާ ބޮޑު ކަމެއްގެ ގޮތުގައި މިދަނޑިވަޅު ހެދުމުން މީހުންގެ މެދުގައި ހާސްކަން އިތުރުވާ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް މީޑިޔާއަކަށް މީޑިޔާއިން ބޭނުންވާ ޚަބަރު ޒިންމާދާރު ކަމާއިއެކު ފެތުރޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ބަޔަކު ހާސްކަން އިތުރުވާ ގޮތަށް އެކަން ނުކުރުމަށް އޭނާ އިލްތިމަސް ކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ، ހުރިހާ ފަރާތްތަކުން އިސްކަން ދެއްވާނީ ކަމާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފޮރުވުމެއްނެެތި ސަރުކާރުން ބަލީގެ ހާލަތު ބަޔާންކުރައްވަމުންދާނެެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައްވެސް، އަދި ރާއްޖޭގައި މި ބަލީގެ ހާލަތު އޮތްގޮތްވެސް، އެއްވެސް ފޮރުވުމެއް، ސިއްރުކުރުމެއްނެތި ހާމަކުރަމުންދާނެކަން.
އިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތްތަކުން ސައްހަ ނޫން މައުލޫމަތު ދައުރުކުރުވަމުންދާ މައްސަލަ ވަނީ މި ފަހަކަށް އައިސް އިތުރުވެފައެވެ. އެފަދަ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

މީގެ އިތުުރުން އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާ ފަރާތްތައް އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން 5000 ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށާއި އެ އެންގުމާ ހިލާފުވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް