Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 15:24
ޕެރަޑައިސް އައިލެންޑް ރިސޯޓް
ޕެރަޑައިސް އައިލެންޑް ރިސޯޓް
ޓްރިޕްއެޑްވައިޒަރ
ކޮވިޑް-19
ކޮވިޑް-19: ޕެރަޑައިސް ރިސޯޓުން 10 މީހަކަށް ޝައްކުކުރެވި، މޮނިޓަރިންގ ހާލަތަށް!
10 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބޭރު ދެ މީހަކު

ޕެރެޑައިސް އައިލޭންޑް ރިސޯޓުން 10 މީހެއްގެ ގައިން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

Advertisement

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރަމުންދަނީ ޕެރަޑައިސް ރިސޯޓުގެ 8 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު، ލިބެމުންދާވަރަކުން ހާމަ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ޕެރަޑައިސް ރިސޯޓު މޮނީޓަރިންގެ ހާލާތަށް ގެނެސްފައިވާއިރު، އެ ހާލަތުގައި އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ، 13 މީހެކެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ. އަދި އެ ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް އެންއީއޯސީން ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާރޓް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް