Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 14:43
ހުޅުމާލެ
ހުޅުމާލެ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައިވެސް މުދާ އުފުލޭނެ
ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލޭނެ

ސްކޫލުތައް ހުޅުވެންދެން ހުރިހާ ވަގުތެއްގައިވެސް މާލޭގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓު އޮތޯރިޓީ އިން ދީފިއެވެ.

އެކަމާއި ގުޅިގެން އެއޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގައި 11:30 އިން 13:30 އަށް 350 ކިލޯއިން ފެށިގެންމަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މާނާކޮށްފައިވާ އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.

Advertisement

ސްކޫލް ހުޅުވާފައި ހުންނަ ގަޑިތަކުގައި މުދާ އުފުލާތީ ޓްރެފިކް ބާރުބޮޑުވާތީ މުދާ އުފުލުމަށް ވަކި ގަޑިތަކެއް ވަނީ މީގެކުރިން ކަނޑައަޅާފައެވެ. އެހެންމަވެސް މީގެކުރިންވެސް ރޯދަ މަހާއި ސްކޫލު ބަންދާ ދިމާކޮށްވެސް މުދާ އުފުލާ ގަޑިތަކަށް ލުއިދީފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް އިތުރު އެއް ހަފުތާއަށް ހުޅުވުން ފަސްކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް