Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 14:42
ރާއްޖޭގެ ސްކޫލުގެ ދަރިވަރުންތަކެއް
ރާއްޖޭގެ ސްކޫލުގެ ދަރިވަރުންތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
އޭލެވެލް އިމްތިހާނު ފަސްކުރުމާ މެދު އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން
ޔޫކޭގައި ސްކޫލު ހުޅުވާނެ ތާރީހެއް އިއުލާން ނުކުރޭ
އިނގިރޭސިވިލާތުގައި ކޮވިޑް-19 ދަނީ ހަލުވި ކަމާއިއެކު ފެތުރެމުން
ޔޫކޭގައި ސްކޫލްތައް ބަންދުކޮށް އޯލެވެލް އާއި އޭލެވެލް އިމްތިހާނު ވަނީ ފަސްކޮށްފައި

ދިވެހިރާއްޖޭގެ ދަރިވަރުން މޭ އަދި ޖޫން ގައި ހެދުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނެފައިމިވަނީ، އިނގިރޭސިވިލާތުގެ ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް މިއަހަރުގެ ހޫނު މޫސުމުގައި (މޭ/ޖޫން) ގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިކަމު ޚަަބަރުތައް ފެތުރެމުން ދިޔުމާއި ގުޅިގެން، ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އިމްތިހާންތައް ކެންސަލްވެއްޖެ ކަމަށް އަޑުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ.

Advertisement

އެޑިޔުކޭޝަން އިން ބުނީ، އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީވެ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްކޫލްތައް ބަންދުކޮށް އޭލެވެން އާއި ޖީސީއެސްސީ އެގްޒާމް ކަނޑައެޅިފައިވާ ތާރީޚް ތަކުގައި ނުބައްވާ ގޮތަށް ހަމަޖެއްސިކަން އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެކަން ހާމަކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް