Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 12:57
ބްރޮޑްކާސްޓިން ކޮމިޝަންގެ ޖަލްސާއެއްގެ ތެރެއިން
ބްރޮޑްކާސްޓިން ކޮމިޝަންގެ ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
މޯލްޑިވްސް ޕޮލިސް ސަރވިސް
ޗެނަލަކުން ދޮގު ހަބަރު ފެތުރި މައްސަލައެއް ބްރޮޑްކޮމްއަށް
ކޮވިޑް-19 އަށް ރާއްޖެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޗެނަލް 13 ގެ ''މަޑިސީލަ'' ޕްރޮގްރާމްގައި ވަނީ ބުނެފައި
މީހުންނަށް އޮޅޭފަދަ ހަބަރު ނުފެތުރުމަށް ދަނީ އިލްތިމާސް ކުރަމުން
ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުން ހަބަރުފަތުރާ މައްސަލަވެސް ވަނީ ފެންމަތިވެފައި

ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓީވީ ޗެނަލަކުން ދޮގު ހަބަރު ފެތުރި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާތީ، އެ މައްސަލަ ބަލަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އަށް ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް ފޮލިސް ސަރވިސް އިން ބުނެފިއެވެ.

Advertisement

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުދަ ދުވަހުގެރޭ އެކި ފަރާތްތަކުން އެ ޓީވީ ޗެނަލްގެ މައްސަަލަ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. އެފަދަ ކަންކަން ބެލުމުގައި އިލްތިމާސް އޮންނަނީ ބްރޮޑްކޮމްއަށްވަތީވެ އެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން ޗެނަލްއެއް ކަމެއް ފުލުހުން ހާމައެއް ނުކުރައެވެ.

ޗެނަލް 13 ބުދަ ދުވަހުގެރޭ ދެއްކި ''މަޑިސީލަ'' ޕްރޮގްރާމްގައި ރާއްޖޭގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވަނީ ބުނެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންނެވެ.

''މަޑިސީލާ'' ޕްރޮގްރާމްގެ މައްސަލަތަކެއް ބްރޮޑްކޮމުން ވަނީ މީގެކުރިންވެސް ބަލާފައެވެ. ޗެނަލް 13 އިން އެގޮތަށް ރިޕޯޓްކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޗެނަލަށް އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ދޮގު ހަބަރު ނުފެތުރުމަށް އެ ޗެނަލްގެ ޕްރެޒެންޓަރަށް ގޮވާލައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހިތު ތެރޭގައި ބިރުވެރިކަން އުފެދޭ ހަބަރުތައް ނުފެތުރުމަށް ކަމާއިބެހޭ އިދާރާތްތަތަކުން ދަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 މާރޗް 2020 | ބުރާސްފަތި 17:37
ރައްޔިތުން
ތީނަގެއާއިލީ މީހެއްބާ ހޮސްޕިޓަލުގަ އޮތީ
19 މާރޗް 2020 | ބުރާސްފަތި 15:55
ކޮއްކޮ
ފުރަަތަމަ ދިވެހިންނައް ދޮގުހަދަން ދަސްކޮއްދިނީ އެމްޑީޕީގެ ދޮގުހަދާ މެެސެން ރާއްޖެޓީވީ އެވެ.އެތައް އަހަރެއް ވަންދެން ދޮގުތައްހަދައި ވެރިކަން ލިބުނީމަ އެހެންީހުންގެ އަންގަމަތީ ޓޭޕްއަޅައި އަންގަބަންދު ކުރަން އުޅޭތަން މިފެންނަނި
19 މާރޗް 2020 | ބުރާސްފަތި 14:16
ބެކް ބޮރޯ ސްޓީލް
ނަރީޝް ފެލެނީނު ތީ. ފުރަތަމަ މުޖިތަމަޢުގެ އާންމު މިންގަނޑަށް ފެތޭ ގޮތަށް ވާހަކަ ދެއްކޭ ތޯ ބަލާބަލަ ??