Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 11:02
ފުލުހުންގެ ޚިދުމަތްތައް އޮންލައިން ކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން
ފުލުހުންގެ ޚިދުމަތްތައް އޮންލައިން ކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން
ދަ އެޑިޝަން
ކޮވިޑް-19
އޮންލައިންކޮށް ފުލުހުންނަށް މައްސަލަ ހުށައަޅައި، ފޯމް ބަޔާނެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީ
އޮންލައިންކޮށް މައްސަލަ ހުށައަޅާ ގޮތަށް ހަމަޖެހިގެންދާނެ
އޮންލައިންކޮށް ހުށައަޅާ ފޯމް މިވަގުތަށް ބަޔާނެއްގެ ގޮތުގައި ބޭނުންކުރާނެ
ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި މިއަދުން ފެށިގެން އަމަލު ކުރަމުންދާނެ

ފުލުހުންނަށް މައްސަލަތައް ހުށައެޅުމަށް ފުލުސް އޮފީހަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މައްސަލަތައް ހުށައަޅާގޮތަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުން ހިންގާ ތަހުޤީޤާ ގުޅިގެން ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި މިއަދުން ފެށިގެން އަމަލު ކުރަމުންދާނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް މައްސަލަ ހުށައެޅުމުގެ ބަދަލުގައި އޮންލައިންކޮށް މައްސަލަ ހުށައަޅާގޮތަށް ހަމަޖެހިގެންދާނެ ކަމަށާއި، ބަޔާން ނެގުމުގައިވެސް ފުލުހަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ހުށައަޅާ ފޯމް މިވަގުތަށް ބަޔާނެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

Advertisement

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވަނީ މިހިނގާ މާރޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރި ފަހުން ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން ދަނީ ޚިދުމަތްތައް އޮންލައިންކޮށް، ވީހާވެސް އާންމުން އެއްވެ އުޅުން މަދުކުރުމަށް އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް