Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 09:29
ގެއްލިގެން ހޯދަމުންދިޔަ ދޯނި
ގެއްލިގެން ހޯދަމުންދިޔަ ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް
5 މީހުންނާއެކު މަސްވެރިކަން ކުރަންއުޅުނު ދޯނި ފެނިއްޖެ: އެމްއެންޑީއެފް
ދޯނީގެ ޚަބަރުވެފައިވަނީ މިއަދު ހެނދުނު 09:05 ހާއިރު

5 މީހުންނާއެކު ފަރު މަސްވެރިކަން ކުރަންއުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފެށި ބުދަ ދުވަހުއެވެ. ނަމަވެސް މިހާރު އެ ދޯނީގެ ޚަބަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯންޏާ ގުޅިފައިވާ ކަމަށާއި ދޯނި މިހާރު ދަތުރު ކުރަމުންދަނީ މާލެސިޓީގެ މަސް މާރުކޭޓާ ދިމާލަށް ކަމަށެވެ. އަދި ދޯނީގެ ކެޕްޓަން މައުލޫމާތުދިން ގޮތުގައި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

ފަސް ދިވެހިންނާއެކު ދަތުރުކުރި މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 3:20 ހާއިރުއެވެ.

އެ ދޯނީގެ ޚަބަރުވެފައިވަނީ މިއަދު ހެނދުނު 09:05 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް