Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 10:16
ބޭޏްކް އޮފް މޯލްޑްވިސް
ބޭޏްކް އޮފް މޯލްޑްވިސް
ޔޫސުފް ސޮފްވާން ރަޝީދު
ބީއެމްއެލް
ކޮވިޑް-19: ބީއެމްއެލް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި
ބީއެމްއެލް ސަރުކާރު ބަންދު މުއްދުތަކުގައި ހުޅުވަނީ 3 ދުވަހު
މަރޗް 19، 23 އަދި 26 ގައި ހުޅުވޭނެ
ބީއެމްއެލް ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން 11:30 އަށް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދީ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވިސްގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

Advertisement

ގައުމީ ބޭންކުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ގޮތުން މި ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 26 އަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން އެ ބޭންކުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން، މި މުއްދަތުގައި ބޭންކު ހުޅުވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 19، 23، އަދި 26، މި ތިން ދުވަހުގެ ހެނދުނު 9:30 އިން 11:30 އަށް ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މި މުއްދަތުގެ ތެރޭގައި ހިދުމަތް ލިބޭނެ ތަންތަން:

ބީއެމްއެލް މެއިން ބްރާންޗް

ބީއެމްއެލް އިސްލާމިކް ބްރާންޗް

ވިލިމާލެ ބްރާންޗް

އެއާރޕޯޓް ބްރާންޗް

ހުޅުމާލެ ބްރާންޗް

ހުޅުމާލެ ބްރާންޗް

ހުރިހާ އަތޮޅު ބްރާންޗްތައް

ބީއެމްއެލް ކަސްޓަމަރ ސާރވިސް ސެންޓަރ

މި މުއްދަތުގެ ތެރޭގައި މި ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، ފައިސާ ނެގުމާއި ޖަމާކުރުން، ޗެކް ޖަމާކުރުން، އިންޓަރނޭޝަނަލް ޓްރާންފަރ އަދި ލެޓަރ އޮފް ކްރެޑިޓް، ލޯކަލް ބޭންކްތަކަށް ޓްރާންސްފާރކުރުން، ޕޭރޯލް ރިކުއެސްޓް އަދި އައު ކާޑަށް ރިކުއެސްޓްކުރުން ހިމެނެއެވެ.

ބައެއް ހިދުމަތްތަކުގެ ތަފްސީލު ހާމަކޮށް ބީއެމްއެލްއިން ބުނެފައިވަނީ، އެހެނިހެން ބޭންކްތަކުން އެ ދުވަހެއްގެ ހެނދުނު 10:00 ގެ ކުރިން ލިބޭ ޗެކްތައް އެ ދުވަހު ކްލިއަރކުރާނެކަމަށެވެ. އަދި 10:30 ގެ ކުރިން ރާއްޖޭގެ އެހެނިހެން ބޭންކުތަކަށް ކުރާ 100،000 ރުފިޔާއިން މަތީގެ ޓްރާންސްފާރތައް އެ ދުވަހު ޕްރޮސެސްކުރާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި ހެނދުނު 11:00ގެ ކުރިން ލިބޭ އިންޓަރނޭޝަނަލް ޓްރާންސްފަރ އަދި ލެޓަރ އޮފް ކްރެޑިޓް އެ ދުވަހެއްގައި ޕްރޮސެސް ކުރާއިރު ހެނދުނު 11:00ގެ ކުރިން ލިބޭ ޕޭރޯލް ރިކުއެސްޓްވެސް (އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ) އެ ދުވަހު ޕްރޮސެސްކުރާނެ ކަމަށް ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، މި މުައްދަތުގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްތަކުން ކުރިޔެކޭވެސް އެއްގޮތަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އިންޓަރނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގ ވީހާވެސް ގިނައިން މި ދަނޑިވަޅުގައި ބޭނުން ކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް