ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 09:30
ޕާކިސްތާނުގެ ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން
ޕާކިސްތާނުގެ ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން
ގޫގުލް
ކޮވިޑް-19
ކޮރޯނާވައިރަސް ޖެހިގެން ޕާކިސްތާނުގައި ދެ މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ބަލި ޖެހުނު މީހުން އަދަދު ވަނީ 300 އަށް އަރާފައި
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިޔަށް

ކޮވިޑް-19 ޖެހިގެން ޕާކިސްތާނުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. މިއީ މި ބަލި ޖެހިގެން އެ ގައުމުގައި މަރުވި ފުރަތަމަ ދެ މީހުންނެވެ.

ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ތައިމޫރް ޙާން ޖަގްރާ ވިދާޅުވީ، މަރުވި މީހުންގެ ތެރެއިން ފުރަތަމަ މީހާއަކީ ދާދި ފަހުން ސައުދިއަރަބިޔާއިން އެ ގައުމަށް ދިޔަ މީހެއް ކަމަށެވެ. ދެވަނަ މީހާއަކީ ޕެޝާވަރް ލޭޑީ ރީޑިން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ހުޅަނގު އުތުރު ކައިބަރް ޕަކްތުންކުވާ ޕްރޮވިންސްގެ ހަންކް އަވަށަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ޕާކިސްތަނުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 301 އަރާފައެވެ. ދެކުނު ސިންދް ޕްރޮވިންސުން އެކަނިވެސް 208 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް