Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 09:14
50 މާސްކް ވަނީ ހަދިޔާކޮށްފައި
50 މާސްކް ވަނީ ހަދިޔާކޮށްފައި
އެމްއޭސީއެލް
ޗައިނާ - ދިވެހިރާއްޖެ
ޗައިނާގެ ބީޔޫސީޖީން އެމްއޭސީއެލް އަށް 50 އިލޮކްޓްރޯނިކް ފޭސް މާސްކް
ޗައިނާއިން ދަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީވެދޭނެ ދާއިރާތައް ބަލަމުން
މާސްކްތައް ހަދިޔާކޮށްފައިވަނީ ބުދަ ދުވަހު

ޗައިނާގެ އެންމެ ވަރުގަދަ އެއް ކޮންސްޓްރަކްޝަން ކުންފުނި، ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ޑިވޮލޮޕްމެންޓް (ބީޔޫސީޖީ) އިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 50 އިލޮކްޓޮރޯނިކް ފޭސްމާސްކް ހަދިޔާކޮށްފިއެވެ.

Advertisement

ބުދަ ދުވަހު ބޭއްވު ރަސްމިއްޔާތެއްގައި މާސްކްތަކާއި ހަވާލުވެވަޑައިގެންނެވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހު އެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އަރީފް ވިދާޅުވީ، އެ މާސްކްތަކަކީ ކުންފުނީގެ ފޮރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިކަމަށްޓަކައި ބޭނުންކުރާ މާސްކްތައް ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް މާސްކްތަކެއް ހަދިޔާކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރިޔަށްދާ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލީ ޒޮންގް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ހާލަތާ ގުޅިގެން، ރާއްޖޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެކު ގާތުން މުއާމަލާތް ކުރެވެމުންދާ ކަމުގެ ޔަގީންކަން ސަފީރު ވަނީ އަރުއްވާފައެވެ.

ރާއްޖެއިންވެސް ވަނީ ޗައިނާއަށް ދިމާވި ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން އެހީ ވެދީފައެވެ. އެގޮތުން ދިވެހި ސަރުކާރުން ވަނީ ޗައިނާގެ ރައްޔިތުންނަށް އެއް މިލިއަން މަސް ދަޅު ހަދިޔާކޮށްފައެވެ. ކޮވިޑް-19 ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއިން ވަނީ މި ބަލި ކޮންޓްރޯލް ކުރުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ޗައިނާ ސަރުކާރުން ކުރި މަސައްކަތަށް ތައުރީފުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް