Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 08:06
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު
އެމްއޭސީއެލް
ޮކޮވިޑް-19
އީޔޫގެ ގައުމުތަކަށް ދަތުރުކުރާއިރު ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި
އެކްސްޓަރނަލް ބޯޑަރސް ވަނީ ބަންދުކޮށްފައި
މައުލޫމާތަށް ބަދަލުއައުން އެކަށީގެންވޭ
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނުނީ ނުކުރުމަށް ވަނީ އިލްމާސްކޮށްފައި

ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ގައުމުތަކަށް ދަތުރުކުރާއިރު ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ދަތުރުފަތުރުކުރުމުގެ ބައެއް ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ކައުންސިލުން އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 17 މާރޗް 2020 ގައި އީ.ޔޫ. ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، އީ.ޔޫ.ގެ "އެކްސްޓަރނަލް ބޯޑަރސް" 30 ދުވަހަށް ބަންދުކުރުން ހިމެނޭ ކަމަށެވެ. މިނިންމުމުގައި އީ.ޔޫ.ގެ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި ދިގުމުއްދަތަށް އީ.ޔޫ.ގެ ގައުމުތަކުގައި ދިރިއުޅޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

Advertisement

އެހެންކަމުން އީ.ޔޫ.ގެ ގައުމުތަކަށް ދަތުރުކުރާނަމަ މިކަންކަމަށް ސަމާލުވުމަށާއި، މިފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުތަކުގެ ސަރުކާރުތަކުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް