Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 08:12
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަޝިޔާގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަޝިޔާގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން
ޕްރިންސަރ ލެޓީނަރ
ރަޝިޔާ
ރަޝިޔާގައި ދިރިއުޅެމުންދާ ދިވެހިން އެގައުމުގެ ސަރުކާރުގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި
ބިދޭސީންނަށް އެގައުމަށް އެތެރެވުން ވަގުތީގޮތުން ވަނީ މަނާކޮށްފައި
ރަޝިޔާއަށް ދަތުރުކުރާ ދިވެހިން ސަމާލުވާންޖެހޭ
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ރަޝިޔާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ރަޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 އިން ފެށިގެން 1 މޭ 2020 އާ ހަމައަށް، ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް އަދި ކޮންސިއުލާ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވައި، އެހެން ބިދޭސީންނަށް އެ ގައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.

މި ދުވަސްތަކުގެ ތެރޭގައި ރަޝިޔާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށާއި، އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

މީގެ އިތުރުން މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، ރަޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް