Advertisement
ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 08:08
ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް
ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް
ގޫގުލް
ކޯވިޑް-19
ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް މޮނިޓަރިންގެ ހާލަތުގައި
ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި

ނ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއް ކަމަށްވާ ޝެވަލް ބްލޮންކް ރަންދެލިން ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައްކައުތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޝެވަލް ބްލޮންކް ރަންދެލިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ 05 މީހުން ސޭންޑީސް ބަތަލާ ރިސޯޓުން 02 މީހުން، ކުރަމަތި އައިލެންޑް ރިސޯޓުން 02 މީހުން، އަނަންތަރާ ދިގު ރިސޯޓުން 02 މީހުން އަދި އައިލެންޑް ސަފާރީމް 02 މީހުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް