Advertisement
ކ. މާލެ
|
18 މާރޗް 2020 | ބުދަ 00:08
ކޮވިޑް-19:  ޓާސްކްފޯރސްގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް
ކޮވިޑް-19: ޓާސްކްފޯރސްގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ތަރުޖަމާން މިސާލު ދައްކަވައިފި!
މެރާކީ އަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓަރ
މެރާކީ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއެއް

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯރސްގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒްގެ މަޝްހޫރު ކެފޭ، މެރާކީ ކޮފީ ރޯސްޓަރޒް ބަންދުކޮށްފިއެވެ.

Advertisement

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކޮމާޝަލް ކޮފީ ރޯސްޓަރ، މެރާކީ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއެކެވެ. އަންގާރަ ދުވަހުގެ ރޭ 21:00 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކެފޭ ބަންދުކުރާނެކަން ހާމަކޮށް، މެރާކީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް އެ ކެފޭ ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މެރާކީން ވަނީ މާފަށް އެދިފައެވެ. މިފަދަ ދަނޑިވަޅުގައި އެކަކު އަނެކަކަށް ހިތްވަރުދީ، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޓުވީޓުގައިވެއެވެ.

ކޮވިޑް-19 ގެ ތަރުޖަމާނުގެ ކެފޭ ބަންދުކޮށްފައިވާއިރު އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރު ބަންދުކުރި ނަމަވެސް މިވަގުތަކީ ކޮފީ ބޯށާއި މޫދަށް ދާންވީ ވަގުތެއް ނޫން ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ގޭގައި މަޑުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ މަގާމު ފުރުއްވަމުން ގެންދަވާ މަބްރޫކް ވަނީ އެމެރިކާގެ ސްޕެޝަލިޓީ ކޮފީ އެސޯސިއޭޝަނުން ތަމްރީން ހޯއްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް