Advertisement
ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 19:01
މާލޭ ސިޓީ
މާލޭ ސިޓީ
ގޫގުލް
މާރާމާރީ
މާލޭ މަގުމަތީގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އަންގާރަ ދުވަހު ހެނދުނު
މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދޭ

މާލޭ ސިޓީގެ މަގުމަތީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 11:07 ހާއިރު މަޖީދީމަގު ހީނާމާގެ ޕާކިން ޒޯން ކައިރީގައި ސައިކަލުގައި ދިޔަ މީހަކާއިމެދު ހަތަރު މީހުންގެ ގްރޫޕަކުން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި، މި ހާދިސާ ހިނގި ތަނަށް ފުލުހުން ދިޔައިރު މި މައްސަލައިގައި ޝާމިލްވާ އެއްވެސް މީހަކު އެ ސަރަހައްދުގައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މި މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާރާމާރީގެ މިފަދަ ހާދިސާއެއް ހިނގާފައިވާއިރު ފަހަކަށް އައިސް މާލޭ ސިޓީގެ މަގުތަކުގައި މާރާމާރީ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް