Advertisement
ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 17:38
އީސީގެ މެމްބަރުން މީގެ ކުރިން ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ
އީސީގެ މެމްބަރުން މީގެ ކުރިން ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިޚާބު
އިންތިހާބު ފަސްކުރުމުގެ މަޝްވަރާކުރުމަށް އީސީ މިރޭ ކޮމިޓީއަށް ހާޒިރުކުރަނީ
ކޮމިޓީ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި
އިންތިހާބު އިތުރަށް ފަސް ކުރުމަށް އެދި އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ހާޒިރު ކުރަން ނިންމައިފި އެވެ.

މިރޭ 8:30 ގައި މިކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އީސީ އިން ވަނީ އެންމެ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚު ފަސްކޮށްފަ އެވެ. އެގޮތުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ އިންތިޚާބު 18 ވަނަ ދުވަހަށް ފަސްކުރުމަށް ނިންމިއެވެ. އެއީ ގާނޫނުން އީސީއަށް އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީޚެވެ.

އޭގެފަހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ހެޗްޕީއޭ) އިން އެ ބަލިމަޑުކަމުން ރާއްޖެ އަރައިގެންފައިވާ ކަމަށް ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް އިންތިހާބު އިތުރަށް ފަސް ކުރުމަށް އެދި އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފަ އެވެ.

Advertisement

އެ ކަމާ ގުޅޭގޮތުން މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި އެ ކަމަށް ބޭނުން ވަނީ ޤާނޫނީ ފަރުވާއެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރެވެން އޮތީ މަޖިލީހުން ކަނޑައަޅާ ގާނޫނެއްގެ ތެރެއިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ އެ މައްސަލަ މިހާރު ހުށަަހަޅާފަ އެވެ. އެ މައްސަލައަށް މަޝްވަރާ ކުރުމުގެ ގޮތުން ކޮމިޓީން ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއެންމެންނަކީ ބިދޭސީން ކަމަށްވާއިރު ރައްކާތެރިކަމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް