Advertisement
ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 19:15
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވޭ
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވޭ
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19: ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއިން ގޮވާލައިފި
މިނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ
އްހީ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ޚާއްސަ ސަމާލުކަމެއް ދުވަސްވީ މީހުންނަށް ދިނުމަށް ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އިސްރަށްވެހިންގެ ޖަމިއްޔާއިން ބުނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންމިދާ "ކޮވިޑް19" ގެ ރޯގާ ރާއްޖެއިން ފެނިފައިވާތީ ރައްކާތެރިވުމުގެ ގޮތުން ގިނަ މަސައްކަތައް ކުރަންޖެހޭ ކަމަށެވެ.

Advertisement

މި ރޯގާގެ އަސަރު އެންމެ ބޮޑަށް، އެންމެއަވަހަށް ކުރަނީ، ދުވަސްވީ މީހުންނަށް ކަމަށްސިއްހީ ހޯދުންތަކުން ދައްކަން ފާހަގަކުރައްވައި އެޖަމިއްޔާއިން ބުނީ މިނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި، މިމަސައްކަތް ކުރުމުގެ ފަސްނުޖެހުމަށް އެދޭ ކަމަށެވެ. އަދި އާއިލާތަކުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އިސްރަށްވެހިންގެ ޖަމިއްޔާއިން ބުނީ ދިވެހި ސަރުކާރުގެ ސިއްހީ އިދާރާތަކުން ދެމުންދާ އިރުޝާދު ތަކާއި ޑޮކްޓަރުންގެ ލަފާއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މީހުން ގިނަތަންތަނަށް ނުދިއުމަށާއި ޚާއްޞަ ގޮތެއްގައި އަތްދޮވެ ސާފުކޮށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް