Advertisement
ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 14:57
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ފިނޭންސް މިނިސްޓްރީއަށް ތަކެތި ބަލައިގަތުން އޮންލައިންކޮށް
17 މާރިޗު ން ފެށިގެން ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަނެވޭނީ [email protected] މެއިލް މެދުވެރިކޮށް

ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން 17މާރިޗު ވާ އަންގާރަ ދުވަހުން ފެށިގެން، ފިނޭންސް މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީއާއި، އިންވޮއިސް ފަދަ ތަކެތިބަލައިގަތުން ހުއްޓާލާފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ނެރެފައިވާ ސަރކިޔުލަރ ގައި ބުނެފައިވަނީ ޖޭމްސް ބޭނުން ނުކުރާ އިދާރާތަކުން 17 މާރިޗު ވާ އަންގާރަ ދުވަހުން ފެށިގެން މިނިސްޓްރީއަށް ފޮނުވާ ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަނެވޭނީ މިނިސްޓްރީގެ [email protected] މެއިލް މެދުވެރިކޮށް ކަމަށެވެ.

Advertisement

އެހެންކަމުން ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، މިނިސްޓްރީން ތަކެތި ބަލައި ގަނެވޭނީ މިއީމެއިލްއިން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ މުވައްޒަފުންގެ ރައްކާތެރިކަމަށް މި ދަނޑިވަޅުގައި ގެނެވޭ ބަދަލެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އޮފީސްތަކުން އަންނަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް އެދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް