Advertisement
ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 15:08
ސައުތު ޕާމް ރިސޯޓް
ސައުތު ޕާމް ރިސޯޓް
މޫދު.ކޮމް
ކޮވިޑް-19
ކޮވިޑް-19: ރިސޯޓަކުން ފިލައިގެން، ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މީހަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މަރޗް މަހުގެ 16 ވަނަ ދުވަހު ގެ 13:55 ހާއިރު ކަމަށް
14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައި

އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީގެ މީދުއަށް އެރުމާއި ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މާރޗް މަހުގެ 16 ވަނަ ދުވަހު ގެ 13:55 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކާ ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފައި ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން ވަނީ މަނާކޮށްފައެވެ. ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމުގެ ޔަޤީންކަން ދޭންކަމަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

Advertisement

ރިސޯޓު މުވައްޒަފުންގެ ތެރެއިން ރިސޯޓުން އަރާ ފޭބުމުގެ ހުއްދަ އޮންނާނީ ފަތުރުވެރިން ފުރުވަން އެއަރޕޯޓަށް ގެންދަން ޖެހޭ ޙާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އެކަންޏެވެ. އެމުވައްޒަފުވެސް އަނބުރާ ރިސޯޓަށް ދާންޖެހެއެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ އޮތް ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެވެފައިވާނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެއެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް