ކޯވިޑް-19 ގެ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މާލޭގައި ހިންގާ ޖިމްތަކާއި ފިޓްނަސް ކްލަބްތައް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ޖިމްތަކާއި ފިޓްނަސް ކްލަބްތައް ބަންދުކުރަން ނިންމާފައިވަނީ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ ވެރިންް ގުޅިގެން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައެވެ.
އެޗްޕީއޭއިން އާންމު ކުރަމުންދާ ލަފަޔާއި އެއްގޮތަށް ޖިމްތައް ބަންދު ކުރުމަށް ނިންމާފައިވަނީ މިހިނގާ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުޖްތަމަޢުގައި ބަލި ފެތުރުން މަދުކުރުމުގެ ގޮތުން މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގައިވެސް ޖިމް ހިންގާ ފަރާތްތަކުންވެސް މި ފިޔަވަޅަށް ތާއީދު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބަޔާނުގައި ވެއެވެ.