އއ. މަތިވެރިން ދެ ބިދޭސީންގެ ގައިން ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެރަށް ވަނީ މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް ކޯވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ
ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މަތިވެރި އޮންނާނީ މޮނިޓަރިންގެ ހާލަތުގައި މަބުރޫކު ވިދާޅުވި އެވެ.
މީގެ އިތުރުން ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަން ފުށިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެރިސޯޓު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.
ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 13 މީހެކެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ.