ކ. މާލެ
|
16 މާރޗް 2020 | ހޯމަ 22:14
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ވެކްސިން ޓެސްޓުކުރުމަށް ސިއްހަތު ރަނގަޅު 45 މީހަކު ހޯދައިފި
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން
މި ވެކްސިންގައި ހިމެނެނީ ކޮވިޑް-19 ގެ ޖެނެޓިކް ކޯޑެއް

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ސިއްހަތު ރަނގަޅު 45 މީހަކު ވޮލެންޓިއަރކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި 45 މީހުން ވޮލެންޓިއަރ ކޮށްފައިމިވަނީ ސިއޭޓްލްގައި ގައި ހުންނަ ރީސަރޗް ފެސިލިޓީއަކުން ވެކްސިންއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލުމުންނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ވެކްސިންގައި ހިމެނެނީ ކޮވިޑް-19 ގެ ޖެނެޓިކް ކޯޑެއް ކަމަށާއި މި ތަހުލީލުގައި ބައިވެރިވާ އެއްވެސް ފަރާތަކަށް އެ ވައިރަސް ޖެހުމުގެ ފުރުސަތެއް ނެތް ކަމަށެވެ. މި ވައިރަހަށް ވެކްސިންއެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ މާހިރުން ބުނާގޮތުގައި މީގެ ސަބަބުން ކޮވިޑް-19 އަށް ފަރުވާލިބިގެންދާނެ ކަމެއް އެނގޭނީ އަދި މަސްތަކެއް ފަހުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އިންސާނުން ޓެސްޓުކުރުމުގެ ކަންތައްތައް ފަންޑުކުރަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުންނެވެ. މިވެކްސިން ތައްޔާރުކުރަމުންދާ ބައޯޓެކްނޮލޮޖީ ކުންފުނިން ބުނީ މި ވެކްސިން ތައްުޔާރުކުރެވޭނީ އެތައް ތަހުލީލުތަކަކަށް ފަހުކަމަށެވެ.

- ކޮމެންޓް