Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 22:12
ބަޔަކު ބޭސް ސިޓީ އަކަށް ބޭސް ނަގަން ފާމަސީއެއް
ބަޔަކު ބޭސް ސިޓީ އަކަށް ބޭސް ނަގަން ފާމަސީއެއް
ރާއްޖެއެމްވީ
ކޮވިޑް-19
ކުރިން ނަގާފައިވާ ބޭސް ސިޓީ އާ ކުރުމަކާއި ނުލައި ދެވަނަ ފަހަރު ބޭސް ނެގޭގޮތަށް ހަމަޖައްސައިފި
ކުރިން ބޭސް ސިޓީ އައު ކުރެވެނީ 30 ދުވަހުން 30 ދުވަހަށް
ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވި

ހޯމަ ދުވަހުން ފެށިގެން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ބައްޔަށް ބޭސް ބޭނުންކުރާ މީހުންނަށް ކުރިން ބޭސް ނަގާފައިވާ ބޭސް ސިޓީއަށް ބޭސް ނެގޭގޮތް އާސަންދައިން ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ބަދަލު ގެނެސްފައިވަނީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތައް މި ދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަކީ ރާއްކާތެރި ކަމަކަށް ނުވާތީ ކަމަށެވެ. މީގެ ކުރިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ބޭސް ސިޓީ އައު ކުރަން ޖެހެނީ 30 ދުވަހުން 30 ދުވަހުންނެވެ. އެއީ ޑޮކްޓަރަށް ދެއްކުމަށް ފަހުއެވެ.

Advertisement

އާޝިޔާ ވިދާޅުވީ އެކަން ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ. އާސަންދައިން ވަނީ ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން އެދޭ ފޯމާއި، އެއާއިއެކު ހުށައަޅަންޖެހޭ ލިޔުންތަކެއް ފޯމުފުރުވާ ހިދުމަތްދޭ މަރުކަޒު މެދުވެރިކޮށް އާސަންދައަށް ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެއިތުރުން އާސަންދައިން ވަނީ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވިސްނާ، ހޯމަ ދުވަހުން ފެށިގެން އޭޕްރިލްގެ ނިޔަލަށް އެ ކުންފުނީގެ ރަސްމީ ގަޑި ހެނދުނު އަށަކުން ދޭކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހުރިހާ މުވައްޒަފުންވެސް ގެޔަށް ދިޔުމަށާއި، އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އަަމަލުކުރުމަށް މުވައްޒަފުންނަށް މެނޭޖްމެންޓުން އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް