Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 19:53
ގަތަރ އެއާވޭސްގެ ފްލައިޓެއް
ގަތަރ އެއާވޭސްގެ ފްލައިޓެއް
ސޯޝަލް މީޑިއާ
ކޮވިޑް-19
ގަތަރު އެއަރވޭސްއިން އައި ދިވެހި މީހާވެސް ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
އޭނާއަކީ ސްޕެއިން އިން އެނބުރި އައި މީހެއް
އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރާނެ

ގަތަރު އެއަރވޭސްގެ ފްލައިޓަކުން ރާއްޖެ އައި ދިވެހި މީހާ ކޮވިޑް-19 އަށް ނެގެޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، އޭނާއަކީ ސްޕެއިން އިން އެނބުރި އައި މީހެއް ކަމަށާއި، އޭނާގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އާދިއްތަ ދުވަހު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރެވިފަައިވާ ކަމަށެވެ. އަދި އޭނާގެ ޓެސްޓުތައް ހެދުމަށްފަހު، ސާމްޕަލް ނެގެޓިވްވެފައިވާކަން ހޯމަ ދުވަހު އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

Advertisement

އޭނާގެ ޓެސްޓު ނަތީޖާތައް ނެގެޓިވްވެފައިވާއިރު، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނިގެން ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް