ކ. މާލެ
|
16 މާރޗް 2020 | ހޯމަ 18:28
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އެކުއްޖާއާއެކު އެ ކުއްޖާގެ މައިންބައިފައިންނާ ބައްދަލު ކުރައްވާފަ
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އެކުއްޖާއާއެކު އެ ކުއްޖާގެ މައިންބައިފައިންނާ ބައްދަލު ކުރައްވާފަ
ޓޫރިޒަމް މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19 އަށް ނެގެޓިވްވި އިޓަލީ ކުޑަކުއްޖާ ރާއްޖެ ދޫކޮށްދިޔައީ ހިލޭ ދަތުރަކާއިއެކު
ވައިރަހަށް ނެގެޓިވް ކަން ހާމަކުރީ މާޗް މަހުގެ 11 ވަނަ ދުވަހު
''އެ މީހުންނަށް އުފަލުން ރޮވުނު'' އަލީ ވަހީދު ވިދާޅުވި

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓުކުރި އިޓަލީގެ ތުއްތު ކުއްޖާ ބައްޔަށް ނެގެޓިވްވުމުން ވިލިވަރުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށް ފުރައިފި އެވެ.

އައިސޮލޭޝަންގެ މުއްދަތު ހަމަކުރުމަށްފަހު އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އެކުއްޖާއާއެކު އެ ކުއްޖާގެ މައިންބައިފައިންނާ ބައްދަލު ކުރައްވާފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، އެ ކުޑަކުއްޖާއަށާއި އެކުއްޖާގެ މައިންބަފައިންނަށް އަންނަ އަހަރު ރާއްޖެއަށް ހިލޭ ދަތުރެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

އިޓަލީގެ ފަތުރުވެރިން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
އެ މީހުންނަށް އުފަލުން ރޮވުނު
އަލީ ވަހީދު / ޓޫރިޒަމް މިނިސްޓަރ

ވައިރަހުގެ އަލާމާތްތައް ހުރެގެން ކަރަންޓީނުކުރެވުނު މި ކުޑަކުއްޖާ، ވައިރަހަށް ނެގެޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އެގޮތުން އެކުއްޖާ ބައްޔަށް ނެގަޓިވް ވުމާއި "ކޮންޓެކްޓް ޓްރޭސިންގ" ގެ މަސައްކަތް ނިމުމާއި ގުޅިގެން އޭރު އޮތް މޮނީޓަރިންގެ ހާލަތުން ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މި ނުރައްކާތެރި ރޯގާއަށް 13 މީހަކު ވަނި ޕޮޒިޓިވްވެފައެވެ. އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ.

- ކޮމެންޓް