Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 15:05
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: މޮނިޓަރިންގެ ހާލަތުގައި އޮތީ ދެރަށާއި އެއް ސަފާރީއެއް: މަބްރޫކް
އޮޅުވެލި، އަނަންތަރާ ދިގު ރިސޯޓު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
އައިލެންޑް ސަފާރީ 01 މާލެ ސަރަހައްދުގައި އައިސޮލޭޓް ކުރާނެ

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ދެރަށާއި އެއް ސަފަރީ ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

Advertisement

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިވަގުތު މޮނިޓަރިންގައި ފޯސީޒަންސް ލަނޑާ ގިރާވަރު ރިސޯޓު ކަމަށާއި އާވީ ނޭޗާސް ޕެރެޑައިސް ކަމަށެވެ. އަދި އައިލެންޑް ސަފާރީ ބޯޓު ކަމަށެވެ.

މިވަގުތު މޮނިޓަރިން ޕްރޮސަސް އާންމު ހާލަތަކަށް އައިސޮލޭޝަންއަކަށް ގެންދަން ޖެހޭ ފަރާތްތައް ގެނައުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ.
ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު

އައިލެންޑް ސަފާރީ 01 އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންގެ ހާލަތައް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ލ. އަތޮޅަށް ދެވުމާއެކު ޚާއްސަ ޓީމުން އެ ދެމީހުން އެބޯޓުން ނަގާނެ ކަމަށެވެ. އަދި އައިލެންޑް ސަފާރީ 01 އެހެން ފަރާތްތަކާއެކު ދަތުރުކުރަމުން އަންނާނީ މާލެއަށް ކަމަށާއި، މި ސަރަހައްދުގައި ހުރި އައިސޮލޭޓް ފެސިލިޓީއެއްގައި އެފަރާތްތައް މަޑުކުރާ ގޮތަށް ރޭވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް