ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް ނިސްބަތްވާ ގައުމުތައް ހާމަކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި އެންއޯއީސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް ހާމަކުރި މައުލޫމާތަށް ބަލާއިރު، ޕޮޒިޓިވްވީ 13 މީހުންގެ ތެރެއިން ގިނަ ފަރާތްތައް ނިސްބަތްވަނީ އިޓަލީވިލާތަށެވެ.
ޕޮޒިޓިވްވީ ފަރާތްތައް ނިސްބަތްވާ ގައުމުތައް:
- އިޓަލީވިލާތް: 9
- ތުރުކީ: 1
- އިނގިރޭސިވިލާތް: 1
- ދެކުނު އެފްރިކާ: 1
- ޖަރުމަންވިލާތް: 1