Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 13:32
މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
މިއަހަރުގެ މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ
ޕްރޮގުރާމްގައި ލޭނުމަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައިވޭ
ޖުމުލަ 32 ބައިވެރިން ތަމްރީން ޕްރޮގުރާމްގައި ބައިވެރިވެފައިވޭ

މިއަހަރުގެ މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއެކު ނިންމާލައިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެ މިނިސްޓްރީން ބުނެފައިވަނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި އެގޮތުން، މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއެކު ނިންމާލައިފައިވާކަމަށެވެ.

މާރިޗު މަހުގެ 7 އިން 12 އަށް ރ. ހުޅުދުއްފާރުގައި ހިނގުނު މިތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ލޭނުމަސްވެރިކަމާއި, ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ތަމްރީނުތައް ހިންގާފައިވަނީ ދެ ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 16 ބައިވެރިން ހިމެނޭ ގޮތަށް ޖުމުލަ 32 ބައިވެރިންނާއި އެކުގައެވެ.

Advertisement

މިތަމްރީނުގެ ދެ ބުރުވެސް ހިންގުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދު "ރީނދޫ އުރަހަ" ދޯނީގައިކަމަށާއި މިއުޅަނދަކީ ދެބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމަށް ވަނީ ބުނެފައެވެ.

މިތަމްރީނު ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވާފައިވަނީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ މިނިސްޓްރީގެ ޓްރެއިނިންގ ސްޓާފުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް