Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 21:49
ސަރުކާރުގެ ފަރާތުން އެކުލަވާލައިފައިވާ އިމަޖެންސީ ޓާސްކް ފޯހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ
ސަރުކާރުގެ ފަރާތުން އެކުލަވާލައިފައިވާ އިމަޖެންސީ ޓާސްކް ފޯހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ކޮންޓެންޖެންސީ ބަޖެޓުގެ ގޮތުގައި 212 މިލިއަން ރުފިޔާ
ހިލޭ އެހީ ނުހިމެނޭނެ: މަބްރޫކް

ސިއްހީ ކުއްލި ނުރަައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ކޮންޓެންޖެންސީ ބަޖެޓަކީ 212 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދިއްތަ ދުވަހުގެރޭ ނޫސްވެރިންނަށް މައުލޫމާތުން މަބްރޫކް ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، ކުއްލި ހާލަތާއި ގުޅިގެން ބޭނުންކުރަން 212 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްވެސް އަދަދެއް އެ ބަޖެޓުގައި ނުހިމެނޭ ކަމަށެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކުރެވިފައެވެ.

Advertisement

އާއްމު ސިއްހަތާބެހޭ ގާނޫނުގެ ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ވިދިގެން ދެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، އެ ބަޖެޓު މެދުވެރިކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ފަންޑަށް ދޫކުރަންވާނެއެވެ.

ރާއްޖޭގައި 30 ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. ސިއްހި ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ ކަންތައްތަކެއް ނިންމުމުގެ ބާރު ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް