ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 20:36
އެއަރޕޯޓް
އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ނޭޕާލްއިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި
14 މަރޗް އިން ފެށިގެން 30 އޭޕްރީލް އާއި ހަމައަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މިޚިދުމަތް ވަގުތީގޮތުން ވަނީ ހުއްޓާލާފައި

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ނޭޕާލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 14 މަރޗް އިން ފެށިގެން 30 އޭޕްރީލް އާއި ހަމައަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މިޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޭޕާލް އަށް ޒިޔާރަތްކުރާނަމަ ކޮވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް ( ނޭޕާލަށް އެތެރެވާ ތާރީޚަށް 7 ދުވަސް ނުވާ) އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހޯދާ އެލިޔުން ހިފައިގެން ދިޔުމަށް ނޭޕާލު ސަރުކާރުން އަންގާފައިވާކަމަށެވެ. މީގެއިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް ނޭޕާލް ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ނޭޕާލްގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ނޭޕާލަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިރައްޔިތުން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރަންސް ހޯދުމަކީ ޚާއްސަކޮށް މިދުވަސްވަރު ބޭނުންތެރި ކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ނޭޕާލުން މިހާތަނަށް އެކެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފަ އެވެ.

- ކޮމެންޓް