Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 18:44
ޗައިނާ ސަފީރާއި ފޮރިން މިނިސްޓަރ ބައްދަލުކުރައްވަނީ
ޗައިނާ ސަފީރާއި ފޮރިން މިނިސްޓަރ ބައްދަލުކުރައްވަނީ
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ރާއްޖެއަށް އެންމެ ބޭނުންވާ ތަކެތީގެ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދެނީ
ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށް
ޒަންގް ވިދާޅުވީ މިބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ އަދި ފެށުން ކަމަށް

ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު ޒަންގް ލިޖޮންގް ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ.

Advertisement

މިބައްދަލުވުމާއި ގުޅިގެން ސަފީރު ޒަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރުންނާއި އާންމުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝަކުރުކުރައްވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ރާއްޖެއަށް އެންމެ ބޭނުންވާތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޒަންގް ވިދާޅުވީ މިބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ އަދި ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެގައުމުގެ ދެމެދުގެ އޮތް ގުޅުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްކުރައްވާނެ ކަމަށް ޒަންގ ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅުމުން ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ މީގެކުރީން އިދިކޮޅު ޕީޕީއެމް އިން ވަނީ ވާހަކަތަކެއް ދައްކާފަ އެވެ. ނަމަވެސް ޒަންގް ވަނީ އެކަން ދޮގުކުރައްވާ ދެގައުމުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 މާރޗް 2020 | އާދީއްތަ 23:34
މަމީ
އިންޑިޔާއިން އައި ގުރޫޕް އައީ ހުސްއަތާ. އެމީހުންދެން އުޅުނީ ދަރުމަވަންތަ ހޮސްޕިޓަލްގަ ފޮޓޯނަގަން.
15 މާރޗް 2020 | އާދީއްތަ 19:48
ޙަސީނާ
ކީ އްވެ ލަސްވަނީ. ޢިންޑިޔާގެ ހު އްދަ ހޯދަން ޖެހޭތީދޯ. ޢިންޑިޔާގެ އާމީ މީހުން ފޮނުވަން ވީމާ ސަރުކާރުން އެދުވަހުން އެދުވަހަށް ގެނެސްފި. ޢަންނި ޔޫކޭ އަށް ވަނީ ފިލާފަ އި. ޔުކޭ ހެލްތު ފެސިލިޓީސް ރަނގަޅުވާނެތީވެ ދިޔަ އީ